ބެލެނިވެރިޔާ ޕްރޮގުރާމުގެ ދެވަނަ ސެޝަން ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފި

ކެޓަގަރީ: ޚަބަރު - 2026-05-07

ބެލެނިވެރިޔާ ޕްރޮގުރާމުގެ ދެވަނަ ސެޝަން ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފި

ބެލެނިވެރިން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ "ބެލެނިވެރިޔާ" ޕްރޮގުރާމުގެ ދެވަނަ ސެޝަން ދާދި ފަހުން ވަނީ ކާމިޔާބުކަމާއެކު ބާއްވާފައެވެ. މި ސެޝަނަކީ ބެލެނިވެރިންނަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ބައްދަލުވުމެކެވެ.

މި ސެޝަންގައި ޖުމްލަ 62 ބެލެނިވެރިން ބައިވެރިވެފައިވާއިރު، މިއީ ބެލެނިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ސެޝަނެއްކަން ފާހަގަކުރެވެއެވެ. މި ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިންނަށް ދަރިން ބެލެހެއްޓުމާއި ތަރުބިއްޔަތު ކުރުމާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ވަނީ ދީފައެވެ.

މި ސެޝަން ނަންގަވައިދެއްވީ ޅައިމަގު ސްކޫލްގެ ލިޑިންގ ޓީޗަރ އިބްރާހިމް ނަޖީލް އެވެ. ނަޖީލްގެ ތަޖުރިބާގެ އަލީގައި ބެލެނިވެރިންނަށް ވަނީ ދަރިންނާ މުޢާމަލާތްކުރުމުގައި ގެންގުޅެންޖެހޭ މުހިންމު އުސޫލުތަކަށް އަލިއަޅުވާލައްވާފައެވެ.

މި ސެޝަންގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށް، މަޢުލޫމާތު ދީފައިވަނީ ޕޭރެންޓިންގ ސްޓައިލްތަކާ ގުޅޭގޮތުންނެވެ. މީގެ ތެރޭގައި ތަފާތު ގޮތްގޮތަށް ދަރިން ބަލާ ބޮޑުކުރުމުގައި ހުންނަ ފައިދާތަކާއި، އެކި ހާލަތްތަކުގައި ބެލެނިވެރިން އަމަލުކުރަންޖެހޭ ގޮތްތަކުގެ މައްޗަށް ވަނީ ބަހުސްކޮށްފައެވެ.

މިފަދަ ޕްރޮގުރާމުތަކުގެ ސަބަބުން ބެލެނިވެރިންނާއި ދަރިންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ދަރިން ތަރުބިއްޔަތު ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް މި ޕްރޮގުރާމުގެ އިންތިޒާމުކުރާ ފަރާތްތަކުން އުންމީދު ކުރެއެވެ.

← ހުރިހާ ޕޯސްޓެއް