ކިޔެވުމުގެ މުހިންމުކަން

ކެޓަގަރީ: މަޒުމޫނު - 2026-05-07

ކިޔެވުމުގެ މުހިންމުކަން

ކިޔެވުމަކީ އެ މީހެއްގެ ވިސްނުމާއި ތަޢުލީމު ހަރުދަނާ ކޮށްދޭ ކަމެކެވެ. އަދި އެއީ އިންސާނާ ދުނިޔެއަށް ލޯ ހުޅުވައިދީ ޢިލްމީ ރޮނގުން ކުރިއަރައި ދިއުމަށް އޮތް ފަހި ފުރުސަތެކެވެ. މީގެ އިތުރުން މުސްތަޤުބަލުގައި އެ މީހަކު ކުރިއަށްދާނެ ދާއިރާ ކަނޑައެޅުމުގައިވެސް ކިޔެވުން މުހިއްމު ދައުރެއް އަދާ ކުރެއެވެ.

ކިޔެވުން މުހިއްމުވަނީ ކިޔެވުމުގެ ސަބަބުން އެ މީހެއްގެ ވިސްނުން ތަރައްޤީ ކޮށްދޭތީއެވެ. އެގޮތުން ވިސްނުން ތަރައްޤީވުމަކީ ކަންކަމުގައި ގޮތް ނިންމަން ފަސޭހަވާނޭ ކަމެކެވެ. އަދި ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި ޢަމަލުކުރަންޖެހޭ ރަނގަޅު ގޮތް ދެނެގަތުމަށް ކިޔެވުން މުހިއްމެވެ. މީގެ އިތުރުން ބޭނުންވާ ވަޒީފާ ހޯދުމަށް ވެސް ކިޔަވަންޖެހެއެވެ.

ކިޔެވުމަކީ ފަހި ވިސްނުން އެމީހެއްގެ ކިބައިގައި އަށަގަންނުވައި ދޭނޭ ކަމެކެވެ. އަދި އެއީ ޒިންމާދާރު ކަމާއެކީ ހަރުދަނާ ދިރިއުޅުމެއް އުޅުމަށް އެހީވެދޭނޭ ކަމެކެވެ. އެހެންކަމުން، މި ފަދަ ހުރިހައި ކަމަކުން ވެސް ކިޔެވުމުގެ މުހިއްމުކަން އަންގައިދެއެވެ.

މުޙައްމަދު ޖަނާން ޢަލީ، ގްރޭޑް 6 (2025)

ފަށަން ލީފްލެޓް އިން ނަކަލުކޮށްފައި

← ހުރިހާ ޕޯސްޓެއް