ފޯނުގެ އިޙުސާސް
ކެޓަގަރީ: ވަޒަން ބަހުރުވަ - 2026-05-14

ހޭދަ ވަގުތުތަކެއް ކުރޭ، ނޫޅޭނެޔޭ އަހަރެން ނުލާ
ހޯދައޭ އަބަދާ އަބަދު، ނުދެވޭނެއޭ އަހަރެން ނުލާ
ދިޔަތަނަށް ގެންދާނެއޭ، ކާއިރުވިޔަސް ފެންނާނެއޭ
ފިޔަވަޅެއް ނާޅާނެއޭ، ބޭރަށް ވިޔަސް އަހަރެން ނުލާ
ކޮށްމަދޭ ބުނިހާކަމެއް، ފޮޓޮއެއްވިޔަސް މެސެޖެއްވިޔަސް
ކޮށްދެމޭ ހުރިހާ ކަމެއް، ޚިދުމަތް ދެމޭ ހުއްޓާނުލާ
އިރުއަރާ އޮއްސޭނެޔޭ، ދާ ވަގުތު ގަޑި ނޭނގޭނެޔޭ
އިރުތަކެއް އިނދެދާނެޔޭ، އަހަރެން އަތުން ދޫކޮށްނުލާ
ހެދި އަހަންނާ ދެވިހިފާ، އެރިޔަސް ނިދަން ނިއްވާނުލާ
ވެދިޔަޔަސް ނޭނގޭނެޔޭ، ރޭ ހަތަރު ދަން ރޭކާނުލާ
ޒީކް ބިންތް މޫސާ ޒަކީ، ގްރޭޑް 9 (2025)
ފަށަން ލިފްލެޓް 2 އިން ނަކަލުކޮށްފައި